ލ. ގަމުގައި ސިޒޭރިއަން ހެދި މީހެއްގެ ހާލު ގޯސްވެ އެމީހާ މާލެ ފުރުވާލައިފިއެވެ.

ގަމުގައި ސިޒޭރިއަން ހެދި 36 އަހަރުގެ މީހާގެ ހާލަތު ގޯސްވެ އެމީހާއަށް ވަނީ ވެންޓިލޭޓަރުގައިވެސް ފަރުވާ ދީފައެވެ. އެމީހާ މާލެ ފޮނުވާލާފައިވަނީ ކުރިއަށްވުރެ ހާލު ރަނގަޅުވުމުންކަމަށް މައުލޫމާތު ލިބެއެވެ.

އަންހެން މީހާގެ ހާލަތު ގޯސްވާން ފެށުމުން އެކަން ބެލިއިރު، އޭނާގެ ހަށިގަނޑުގެ ބައެއް ނާރުތައް ބުރިވެފައިވާކަމަށް ސޯޝަލް މީޑިޔާގައި ވާހަކަދެކެވުނެވެ. އެހެންނަމަވެސް ހޮސްޕިޓަލުން ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.

ދާދިފަހުން އައްޑޫ ސިޓީގައި ސިޒޭރިއަން ހެދި މީހެއްގެ ހާލު ގޯސްވެ އެމީހާއަށްވެސް އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާ ދިނެވެ. އެމީހާގެ އެތެރެހަށީގެ ބައެއް ގުނަވަންތައް ސަކަރާތްވެ ހާލު ސީރިއަސްވެފައިވާއިރު އެކޭސްގައި ކަން ހިނގާދިޔަ ގޮތް ބެލުމަށް ހެލްތު މިނިސްޓްރީއިން ވަނީ އަންގާފައެވެ.