މިއަދުގެ ސުފުރާގައި މި ހިއްސާކޮށްލަނީ އަޅުގަނޑުގެ ރަހުމަތްތެރިޔަކު، ދަސްކޮށްދިން ވަރަށް މީރު ފޮނި ކާއެއްޗެއް ތައްޔާރުކުރާނެ ގޮތެވެ. މިއީ ގދ. ގައްދޫމީހުން އަލައިން ތައްޔާރުކުރާ ދިވެހިވަންތަ ކެއުމެކެވެ. ރަހުމަތްތެރިޔާ ބުނިގޮތުގައި މާލޭގައި މިހާރު " ކުދެ އަލެ " އަށް ޕިރީނީވެސް ކިޔާ އުޅެއެވެ.

ބޭނުންވާ ތަކެތި

4 ޖޯޑު އަލަ

2 ޖޯޑު ހަކުރު

3 ޖޯޑު ގަބުޅި ހުނި

1 ދަޅު ގެރިކިރު

1 ޖޯޑު ހަނޑޫ

2 ޖޯޑު ފެން

ތައްޔާރުކުރާނެ ގޮތް

ހަނޑޫ ދޮވެލުމަށްފަހު ފެނު އޅައިގެން ފޯކުރާށެވެ. އެއަށްފަހު ހިމުންކޮށް މުގުރާށެވެ. ދެން އަލަތައް މެށުމަށްފަހު ދޮވެލާށެވެ. އެއަށްފަހު ޕްރެޝަރ ކުކާގައި، ކުޑަ ފެންފޮދެން އަޅައިގެން އަލަ މަޑުކުރާށެވެ. އަލަ ރަނގަޅަށް މަޑުވުމުން އުނދުންމަތިންބާލާ ހިހޫކުރާށެވެ. ހިހޫވުމުން މިކްސަރުގައި ( ފުށްފުށް ހުންނާނެހެން ) ހިމުންކޮށްލާށެވެ. ދެން ގަބުޅި ހުންޏާއި ހަކުރު، ހިމުންކުރި ހަނޑޫފުށް، މިކްސަރުގައި ޖެއްސި އަލަ، ފެންވެސް އަޅައިގެން ހުރިހާއެއްޗެއް އެއްކޮށް ގިރާލާށެވެ. އެއަށްފަހު އުދުންމައްޗަށް އުދައި ދޭފަތަކުން ހަލަމުން ކަށްކާށެވެ. ބައެއް މީހުން މިއަށް ހިލުމޭވެސް ކިޔައެވެ. ވިއްސަކަށް މިނެޓުން ރަނގަޅަށް ކެކި އޮލަވާނެއެވެ. ދެން ގެރިކިރު އަޅައި ދިހަ ވަރަކަށްމިނެޓު ކައްކާލުމަށްފަހު އުނދުންމަތިން ބާލާށެވެ.