އައްޑޫ ސިޓީގައި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދު 734 އަށް އަރައިފިއެވެ. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން އެންމެފަހުން ހާމަކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި އައްޑޫގައި އެކްޓިވް ކޭސްތައް އެންމެ ގިނައީ ހިތަދޫގައެވެ، އެއީ 365 އެވެ. ފޭދޫގައި 108 އެވެ. މަރަދޫގައި 87 އެވެ. މަރަދޫފޭދޫގައި 63 އެވެ. ހުޅުދޫގައި 58 އެވެ. މީދޫގައި 49 އެވެ. ގަމުގައި 4 އެވެ.

އައްޑޫއިން އިއްޔެ ޕޮޒިޓިވް ވެފައިވަނީ 93 މީހެކެވެ. އެއީ 92 ދިވެއްސަކާއި ބިދޭސީއެކެވެ. ބަލީން ފަސޭހަވެގެން އިއްޔެ ވަނީ 93 މީހަކު ދޫކޮށްލައިފައެވެ. އައްޑޫއިން މިހާތަނަށް ވަނީ 5870 މީހަކަށް ކޮވިޑް ޖެހިފައެވެ. އޭގެތެރެއިން 5121 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ. 15 މީހަކުވަނީ ނިޔާވެފައެވެ.

އައްޑޫގެ ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދަކީ 262 އެވެ.