މިއަހަރު މިހާތަނަށް ރާއްޖެއަށް 170،000 އަށްވުރެއް ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖެނުއަރީ މަހު ރާއްޖެއަށް 131،764 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވާއިރު، މިމަހުގެ ފުރަތަމަ ނުވަ ދުވަހު ރާއްޖެއަށް 40،218 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވެއެވެ.

މިއާއެކު މިއަހަރު މިހާތަނަށް ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ ޖުމުލަ އަދަދު ވަނީ 171،982 އަށް އަރާފައެވެ.

މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ ރަޝީޔާއިންނެވެ. އެގައުމުން 28،468 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާއިރު އިނގިރޭސިވިލާތުން 18،348 ފަތުރުވެރިން އަދި އިންޑިއާއިން 13،947 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. މީގެއިތުރުން އިޓަލީ، ޖަރމަނީ، ޔޫކްރެއިން، އެމެރިކާ، ފްރާންސް، ސައުދިއަރަބިއްޔާ އަދި އޮސްޓްރިއާއިންވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވެއެވެ.

މިދިޔަ 2021 ވަނަ އަހަރު ރާއްޖެއަށް 1،321،932 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.