ރާއްޖޭގައި ހަދާ އެންމެ ފުރަތަމަ ފޯލޯޓިން ސިޓީގެ މަސްރޫޢުގައި ޑަޗް ޑޮކްލޭންޑްސްއިން ބައިސަން މޯލްޑިވްސް އާއި އެކު ސޮއިކޮށްފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު ސޮއިކުރި މި މަސްރޫޢުގެ ދަށުން 5000 ހައުސިން ޔުނިޓް އެޅުމަށް ބައިސަން މޯލްޑިސްއާއި ހަވާލު ކުރިއެވެ.

ނެދަލޭންޑްގެ އެންމެ ޒަމާނީ ޓެކްނޮލެޖީ ބޭނުންކޮށްގެ ފަރުމާކުރާ މިސިޓީގެ އިންޖިނިއަރިންގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. މިސިޓީގައި ހަދާ ގެތައް ހުންނާނީ އެތަނުގައި ދިރިއުޅޭ މީހުނަށް ރައްކާތެރިކަމާއި ހިތްގައިމުކަން ލިބޭނޭގޮތަށެވެ.

މާލެއިން ފުރައިގެން 10 މިނެޓުން ދެވޭ ފްލޯޓިން ސިޓީގެ ފުރަތަ ގެތައް ރަމަޟާން މަހުގެ ފަހުން ނިމޭނެކަމަށް ޓީޓީއެމް އިން ބުނެފައިވެއެވެ. އޭގެ ފަހުން އާންމުންނަށް މިގެތައް ބަލާލަން ދިއުމުގެ ފުރުޞަތު ހުޅުވާލެވޭނެއެވެ.

ބައިސަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ އަދި ފައުންޑަރ މެންބަރ އަބުދުލްމަޖީދު ވިދާޅުވީ މި ފަދަ ތަފާތު މަސްރޫޢެއް ލިބުނުކަމަށްޓަކައި އުފާކުރާކަމަށެވެ. އަދި އަމާޒަކީ ކަނޑައެޅިފައިވާ މުއްދަތައް ނިންމާލުންކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ބައިސަން މާލްޑިވްސް އަކީ މި މަސްރޫޢު ހަވާލުވެފައިވާ އެންމެ އިސްފަރާތެވެ. މިއީ މިފަދަ މަސައްކަތްތައް ކުރުމުގައި ވިއްސަށްވުރެ ގިނައަހަރުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ. އަދި ލަކްޒަރީ ރިސޯޓް ކްކޫން މޯލްޑިވް ފަދަ ރިސޯޓްތައް ނިންމާފައިވަ ކުންފުންޏެކެވެ.