މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ކ. ގިރިފުށީ ބަނދަރުގެ ބޭރު ތޮށީގެ ބެޑު ޕްްރެޕަރޭޝަންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އަށެއް ޕޮއިންތް ތިނެއް މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫގެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން މައުލޫމާތު ދެއްވި ގޮތުގައި ކ. ގިރިފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ވެސް މިހާރު ވަނީ މަސައްކަތްކުރާ ސަރަހައްދަށް ގެނެސްފައެވެ. އެ ޝިޕްމެންޓް ގެނެސްފައިވަނީ ފެބުރުއަރީ 13 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 268 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 46 މީޓަރުގެ ސަރަޙައްދެއްގައި ނެރު ބޭރުތޮށި ލުމުގެ މަސައްކަތެވެ.