ރ. ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢާ ބެހޭ އެންމެފަހުގެ މައުލޫމާތު އެމްޓީސީސީން ހާމަކުރައްވައިފައެވެ.

އެކުންފުނީން ވިދާޅުވެފައިވަނީ އެ މަޝްރޫއުގެ ދަށުން މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެފަހު ޝިޕްމަންޓް މިހާރު ސައިޓަށް ލިބިފައިވާ ކަމަށެވެ. އެ ޝިޕްމެންޓް ލިބިފައިވަނީ މިއަދު ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މިއީ 28.1 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން، 8100 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 377 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ. އޭގެ އިތުރުން ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުން ވެސް ހިމެނެއެވެ.