ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މަރާމާތުކުރުމުގެ މަސައްކަތްތައް ނިމުމާ ގާތަށް ގޮސްފައިވާކަން ހާމަކޮށްފިއެވެ.

އެ މަަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މަރާމާތުކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 95 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ވޯރޑް އިމާރާތުގެ މަސައްކަތުގެ 99 ޕަސެންޓާއި އައި.ސީ.ޔޫ. ޔުނިޓްގެ މަސައްކަތުގެ 83 ޕަސެންޓް ނިމިފައިވާކަމަށެވެ.

މި މަޝްޜޫޢުގެ ދަށުން، ވޯރޑް އިމާރާތް އެޅުމާއި، އޯޕީޑީ އިމާރާތް އެޅުމާއި ލެބޯރެޓަރީ އިމާރާތް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މަރާމާތުކުރުމުގެ މަޝްރޫއަކީ 30.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.