ފިނިފިނި ހިޓާޗީ އޭސީ ޕްރޮމޯޝަން އެސްޓީއޯ އިން ފަށައިފިއެވެ.

މިއަދު ފެށި މި ޕްރޮމޯޝަން އޭޕްރީލް މަހުގެ ނިޔަލަށް ކުރިއަށްދާ އިރު، ކޮންމެ އަހަރެއްގެވެސް ރޯދަ މަހާ ދިމާކޮށް އެސްޓީއޯ އިން ކުރިއަށް ގެންދާ އެ ޕްރޮމޯޝަން ފުރަތަމަ ކުރިއަށްދާނީ ހޯމް އިމްޕްރޫވްމަންޓުގައެވެ. އަދި ރީޖަނަލް ފިހާރަތަކުގައި އެ ޕްރޮމޯޝަން އަންނަ މަހު ފަށާނެއެވެ.

މިފަހަރުގެ ޕްރޮމޯޝަންގައި 9،000 ބީޓީޔޫގެ އޭސީ އަދި 12،000 ބީޓޫޔޫގެ އޭސީތަކުން ބޮޑު ޑިސްކައުންޓެއް ލިބޭނެއެވެ.

މި ޕްރޮމޯޝަންގެ ތެރެއިން ގަންނަ ކޮންމެ އޭސީއަކަށް ވައުޗަރއެއް ލިބޭ އިރު، ގުރުއަތުން ހޮވޭ 10 މީހަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ

ހިޓާޗީއަކީ މިވަގުތު ރާއްޖޭގައި އެންމެ ދިގުމުއްދަތެއްގެ ވޮރެންޓީއެއް ދޭ ބްރޭންޑެވެ. އެސްޓީއޯއަކީ ޕިލިޕްސް، ހިޓާޗީ، މަކިޓާ، ނިޕޯން ގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.