އައްޑޫސިޓީން އިތުރު 115 މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވި ގޮތުގައި އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ހިތަދޫންނެވެ. އެރަށުން މިއަދުވަނީ 67 މީހަކު ޕޮޒިޓިވް ވިއެވެ. މަރަދޫން ޕޮޒިޓިވްވީ 19 މީހެކެވެ. މަރަދޫފޭދޫއިން ޕޮޒިޓިވްވީ 2 މީހެކެވެ. ފޭދޫއިން ޕޮޒިޓިވްވީ 10 މީހެކެވެ. ހުޅުދޫން ޕޮޒިޓިވްވީ 11 މީހެކެެވެ. މީދޫއިން ޕޮޒިޓިވްވީ 6 މީހެކެވެ.

އައްޑޫސިޓީގެ އެކްޓިވްކޭސްގެ މިހާރުގެ ޖުމްލައަކީ 886 އެވެ. އޭގެތެރެއިން ހިތަދޫގައި ތިބީ 454 މީހެކެވެ. މަރަދޫގައި 134 އެވެ. މަރަދޫފޭދޫގައި 40 މީހެކެވެ. ފޭދޫައި ތިބީ 113 މީހެކެވެ. ހުޅުދޫގައި 88 މީހެކެވެ. މީދޫގައި 53 މީހެކެވެ. ގަމުގައި 4 މީހެކެވެ. ބަލީން ފަސޭހަވެގެން މިއަދު ދޫކޮށްލާފައިވަނީ 86 މީހެކެވެ.

އައްޑޫ ސިޓީން މިބައްޔަށް މިހާތަނަށްވަނީ 6467 މީހަކު ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން 5566 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ. މިބަލީގައި މިހާތަނަށް އައްޑޫން ނިޔާވެފައިވަނީ 15 މީހެކެވެ. ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި މިހާރު އައްޑޫގައި ތިބީ 325 މީހެކެވެ.