އައްޑޫ ސިޓީން އިތުރު 124 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެ ސިޓީން އިއްޔެ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 115 މީހެކެވެ.

މިއަދު ޕޮޒިޓިވްވި 124 މީހުންގެ ތެރޭގައި ހިމެނެނީ 106 ދިވެހީންނާއި 18 ބިދޭސީއެކެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން ހިތަދޫން ޕޮޒިޓިވްވެފައިވަނީ 61 މީހެކެވެ. މަރަދޫން ޕޮޒިޓިވްވެފައިވަނީ 8 މީހެކެވެ. މަރަދޫފޭދޫން 3 މީހެކެވެ. ފޭދޫއިން ޕޮޒިޓިވްވީ 22 މީހެކެވެ. ހުޅުދޫއިން ވެސް ޕޮޒިޓިވްވެފައިވަނީ 22 މީހެކެވެ. މީދޫއިން 7 މީހެކެވެ. ރިސޯޓުތަކުން 1 އެވެ.

މި އަދަދާއެކު އައްޑޫސިޓީގެ އެކްޓިވް ކޭސްތަކުގެ ޖުމްލަ ވަނީ 927 އަށް އަރައިފައެވެ. އެއީ ހިތަދޫގައި ތިބި 483 މީހަކާއި، މަރަދޫގައި ތިބި 127 މީހަކާއި، މަރަދޫފޭދޫގައި ތިބި 40 މީހަކާއި ފޭދޫގައި 120 މީހަކާއި ހުޅުދޫގައި 103 މީހަކާއި މީދޫގައި 49 މީހަކާއި ގަމުގައި 4 މީހަކާއި ރިސޯޓުގައި 1 އެވެ.

މިހާތަނަށް އައްޑޫއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލައަކީ 6591 އެވެ. އޭގެތެރެއިން 5649 މީހަކުވަނީ ބަލީން ފަސޭހަވެފައެވެ. ބަލީން ފަސޭހަވެގެން މިއަދު ދޫކޮށްފައިވަނީ 83 މީހެކެވެ. މިބަލީގައި 15 މީހަކުވަނީ ނިޔާވެފައެވެ.