ބޭނުންވާ ތަކެތި

1 ކިލޯ ކުކުޅު

1 މޭޒުމަތީސަމުސާ ލުނބޯ ހުތް

½ ޖޯޑު ޕްލޭން ޔޯގަޓް

½ މޭޒުމަތީސަމުސާ ރީނދޫ

12 ހިކި މިރުސް

2 މޭޒުމަތީސަމުސާ އަސޭމިރުސް

2 މޭޒުމަތީސަމުސާ ކޮތަނބިރި

½ 1 މޭޒުމަތީސަމުސާ ދިރި

1 މޭޒުމަތީސަމުސާ އޯބަތް

5 ލޮނުމެދު

1 މޭޒުމަތީސަމުސާ ހެލެބެބެލިހުތު ފެން

¼ ޖޯޑު ގިތެޔޮ (ގީ)

2 މޭޒުމަތީ ސަމުސާ ގިތެޔޮ

ރަހަލާވަރަށް ލޮނު

1 މޭޒުމަތީސަމުސާ ޖާގަރީ / މޭޒުމަތީ ސަމުސާ ހަކުރު

ތައްޔާރުކުރާނެ ގޮތް

ކުކުޅު ކުދިކޮށް ކޮށާލުމަށްފަހު ދޮވެލާށެވެ. އެއަށްފަހު ބޯތައްޓަކަށް އަޅާށެވެ. ދެން ލުނބޯ ހުތް، ޔޯގަޓް، ރީނދޫ އަޅާ ކުކުޅުތަކުގައި ރަނގަޅަށް މޮޑެ އެއްކޮށްލާށެވެ ދެން މެރިނޭޓްކުރަން ބައިގަޑިއރު ބަހައްޓާށެވެ. އެއަށްފަހު ތަވަޔަކަށް ހިކިމިރުސް، ކޮތަނބިރި، ދިރި އަސޭމިރުސް، އޯބަތް އަޅައިގެން ހަނާކޮށްލާށެވެ. ދެން ހަނާކުރި ހަވާދުކޮޅު ހިހޫކޮށްލާފައި މިކްސަރުން ހިމުންކޮށް މުގުރާލާށެވެ. އެއަށްފަހު ލޮނުމެދާއި ހެލެނބެލި ހުތްވެސް އަޅައިގެން ހަވާދުކޮޅު އިތުރަށް ހިމުންކުރާށެވެ. އެއަށްފަހު ބޮޑު ތަވައަކަށް ބައި ޖޯޑު ގިތެޔޮ އަޅާ ހޫނުކޮށްލާށެވެ. ގިތެޔޮ ހޫނުވުމުން މެރިނޭޓްކުރި ކުކުޅުތައް ރީތިކޮށް ތަވާގައި އަތުރާލާށެވެ. ދެން ފުށުން ޖަހަމުން ކުކުޅުތައް ކޮންމެވެސް ވަރަކަށް ރޯފިލުވާލާށެވެ. އެހާބޮޑަށް ރަތްކުލަ ނާރަނީސް ކުޅުތައް ނަގަންވާނެއެވެ. ކުކުޅު ރޯސްކުރާއިރު ތަވާގައި މަތި ނުޖަހާށެވެ. ކުކުޅު މެރިނޭޓް ކުރި ބޯތަށީގައި ބާކީ ހުރި ޔޯގަޓް ވެސް އުކާނުލާށެވެ. ކުކުޅުތައް ހަނާވުމުން ނަގާ އެހެން އެއްޗަކަށް އެޅުމަށްފަހު އެތަވަޔަށް ޔޯގަޓް އަޅައި 2 މިނެޓް ކައްކަލުމަށްފަހު ބޯތައްޓަކަށް ނަގާށެވެ. ދެން އަނެއްކާވެސް ހިމުންކުރި ހަވާދުކޮޅު އެތަވަޔަށް އަޅައި ހަނާކޮށްލާށެވެ. ހަވާދުކޮޅު ހަނާވުމުން ބާކީ ހުރި ޔޯގަޓާއި ދެ ސަމުސާ ގިތެޔޮ އަދި ޖާގަރީ ނުވަތަ ކުޑަ ހަކުރުކޮޅެއް އަޅައި އެއްކޮށްލާށެވެ. އެއަށްފަހު ލޮނުހެވަރުކުރާށެވެ. ދެން ހަނާކުރި ކުކުޅު އަޅައި ހަވާދުގަނޑާއެކު ރަނގަޅަށް ކައްކަލާށެވެ.

ޗިކަން ގީ ރޯސްސްޓެޑް، ބަތާއެކުވެސް ރޮއްޓާކުވެސް ކާން މީރުވާނެއެވެ.