ފަލަސްތީނުގެ ހަމާސް ޖަމާއަތުން ވަނީ އެޖަމާއަތުގެ އަސްކަރީ އަދި ސިޔާސީ ގޮފި ޓެރަރިސްޓުންގެ ގޮތުގައި ލިސްޓުކުރަން އޮސްޓްރޭލިއާއިން ގެންގުޅޭ ވިސްނުމާ ދެކޮޅު ހަދާފައެވެ.
ހަމާސްގެ އިސް އޮފިޝަލަކު ވިދާޅުވަނީ އޮސްޓްރޭލިއާގެ މި ނިންމުމަކީ އިސްރާއީލަށް ތާއީދުކުރާ ވަކި ފަރާތަކަށް ޖެހިފައިވާ ނިންމުމެއް ކަމަށެވެ. ޙަމާސްއިން ވަނީ އޮސްޓްރޭލިއާގެ އެ ނިންމުން ކުށްވެރިކޮށްފައެވެ.
އޮސްޓްރޭލިއާ މިފިޔަވަޅު ހަމާސްއިން ސިފަކުރަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މި ކަމުގެ ސަބަބުން ފަލަސްތީނުގެ ބިން ހިފާފައިވާ ފަރާތްތަކާ ކުރިމަތިލުމުގެ ހައްގު ފަލަސްތީނު މީހުން ކިބައިން ނިގުޅައިގަންނަ ކަމަށެވެ.
އަދި މިފަދަ ދެކޮޅުވެރިކަމަކީ ބައިނަލްއަގްވާމީ ގާނޫނުން ކަށަވަރުކޮށްދޭ ކަމެއް ކަމަށާއި، އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ރިޕޯޓްތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ އަނިޔާވެރިކަން ފެންނަކަމަށެވެ. އަދި އޮސްޓްރޭލިއާއިން ޙަމާސް ލިސްޓު ކުރުމަކީ އިޒްރޭލުން ހިންގާ އަނިޔާވެރި އަމަލުތަކަށް ބެލުމެއް ނެތި ހިންގާ އަނިޔާވެރި އިހުމާލުގެ އަމަލެއްކަމަށްވެސް ބުނެފައި ވެއެވެ.
މިހާރުވެސް އެމެރިކާއާއި އީޔޫއާއި ޔޫކޭއިން ޙަމާސް ދަރަޖަ ކޮށްފައިވަނީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައެވެ.