އައްޑޫސިޓީގައި ކޮވިޑްޖެހިފައިވާ މީހުންގެ ތެރެއިން ހުކުރު ދުވަހު 73 މީހުން ބަލީން ފަސޭހަވެެން ދޫކޮށްލައިފިއެވެ. މިއަދަދާއެކު އެސިޓީން ކޮވިޑް ޖެހުނު ޖުމްލަ މީހުންގެ ތެރެއިން 5817 މީހަކުވަނީ ބަލީން ފަސޭހަވެފައެވެ. މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް އެސިޓީން ބަލި ޖެހުނު މީހުންގެ ޖުމްލައަކީ 6770 މީހުންނެވެ.

މިމަހުގެ 18 ވަނަ ދުވަހު އައްޑޫސިޓީން އަލަށް ޕޮޒިޓިވްވީ 82 މީހެކެވެ. 78 ދިވެހީންނާއި 4 ބިދޭސީއެކެވެ. އޭގެ ތެރެއިން ހިތަދޫއިން ޕޮޒިވް ވެފައި ވަނީ 55 މީހެކެވެ. މަރަދޫ އިން 2 މީހެކެވެ. މަރަދޫފޭދޫ އިން 5 މީހެކެވެ. ފޭދޫ އިން 11 މީހެކެވެ. ހުޅުދޫން 3 މީހެކެވެ. މީދޫން 6 މީހެކެވެ.

އައްޑޫގެ އެކްޓިވް ކޭސްތަކުގެ މިހާރުގެ ޖުމްލައަކީ 938 އެވެ. އައްޑޫގެ އެކްޓިވް ކޭސްތަކުގެ ތެރެއިން ހިތަދޫގައ ތިބީި 510 މީހެކެވެ. މަރަދޫގައި 108 މީހެކެވެ. މަރަދޫފޭދޫގައި 42 މީހެކެވެ. ފޭދޫގައި ތިބީ 119 މީހެކެވެ. ހުޅުދޫގައި 101 މީހެކެވެ. މީދޫގައި 52 މީހެކެވެ. ގަމުގައި ތިބީ 5 މީހެކެވެ. ރިސޯޓުގައި އެކެވެ.

މި ބަލީގައި މިހާތަނަށް އައްޑޫއިން ވަނީ 15 މީހަކު ނިޔާވެފައެވެ.