ނ.މިލަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެކެވެ.

އެ ފުލުސް މީހާގެ ސައިކަލުގައި ރޯކޮށްލީ މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު ހުއްޓުވުމުން އޭނާ އަށް އިންޒާރު ދިނުމަށްފަހު އެވެ. ސައިކަލްގައި ރޯކޮށްލާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް މިހާރު ވަނީ އާންމުވެފަ އެވެ.

އެ ހާދިސާއާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މި ހާދިސާ ތަހުގީގު ކުރަން ސީނިއާ އިންވެސްޓިގޭޓަރަކު ހަމަޖައްސާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ޑްރަގާއި ދެކޮޅަށް ފުލުހުން ކުރާ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށާއި އެ މަސައްކަތް ހުއްޓުވާ ނުލެވޭނެ ކަމަށްވެސް ސީޕީ ވަނީ ވިދާޅުވެފަ އެވެ.