އައްޑޫސިޓީ މަރަދޫފޭދޫ ފަޅުގެއެއްގެ ތެރެއިން މަރުވެފައިއޮތް މީހަކު ފެނިއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައި އޮށްވާ ފެނިފައިވަނީ ފިރިހެނެކެވެ. އޭނައަކީ ފޭދޫ މީހަކާއި އިނދެގެން އުޅޭ ފުވައްމުލަކު މީހެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެމީހާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސް މަރުވުމަށް ދިމާވި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މައުލޫމާތުލިބެއެވެ. އަދި އޭނާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއްކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ.