އައްޑޫސިޓީން ކޮވިޑަށް ހޮނިހިރު ދުވަހު ޕޮޒިިިޓިވްވީ 67 މީހުން ކަމަށް އެއީއެޗުން ވިދާޅުވެއްޖެއެވެ. މީގެ ތެރެއިން ހިތަދޫއިން ޕޮޒިޓިވްވީ 46 މީހެކެވެ. މަރަދޫން ޕޮޒިޓިވްވީ 6 މީހެކެވެ. ފޭދޫއިން ޕޮޒިޓިވްވީ 4 މީހެކެވެ. ހުޅުދޫއިން ޕޮޒިޓިވްވީ 7 މީހެކެވެ. މީދޫއިން ޕޮޒިޓިވްވެފައިވަނީ 4 މީހެކެވެ.

އޭއީއެޗުން ވިދާޅުވެފައިވަނީ މިއަދު ޕޮޒިޓިވްވި އެންމެންނަކީ ވެސް ދިވެހީން ކަމަށެވެ. މިއަދަދާއެކު އައްޑޫ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ މިހާރުވަނީ 6837 އަށް އަރައިފައެވެ. އޭގެތެރެއިން 5956 މީހަކުވަނީ ބަލީން ފަސޭހަވެފައެވެ. އޭގެތެރޭގައި ބަލީން ފަސޭހަވެގެން މިއަދު ދޫކޮށްލި 139 މީހުން ހިމެނެއެވެ.

އައްޑޫސިޓީގެ އެކްޓިވް ކޭސްތަކުގެ ޖުމްލަ މިހާރުވަނީ 866 އަށް އަރައިފައެވެ. އޭގެތެރޭގައި ޕޮޒިޓިވް ކޭސްތައް އަދިވެސް އެންމެ ގިނައީ ހިތަދޫގައެވެ. ހިތަދޫގެ ޖުމްލައަކީ 476 އެވެ. މަރަދޫގައި 91 މަރަދޫފޭދޫގައި 35 މީހެކެވެ. ފޭދޫގައި ތިބީ 110 މީހެކެވެ. ހުޅުދޫގައި ތިބީ 95 މީހެކެވެ. މީދޫގައި ތިބީ 53 މީހެކެވެ. ގަމުގައި 5 މީހެކެވެ. ރިސޯޓުގައި 1 އެވެ.

މިބަލީގައި އައްޑޫސިޓީން ވަނީ 15 މީހަކު މިހާތަނަށް ނިޔާވެފައެވެ.