ނަގޯނޯ-ކަރަބާހް ސަރަހައްދުގެ އަރްމީނިއާ ދަރިކޮޅަށް ނިސްބަތްވާ އާންމުން އެމީހުންގެ ގެދޮރުގައި ހުޅުޖަހައި އަންދާލައިފިއެވެ.

އަރްމީނިއާ ދަރިކޮޅުގެ މީހުންގެ އެމީހުންގެ ގެދޮރުގައި ހުޅުޖަގައި އަންދާލީ، އެމީހުން ދިރިއުޅޭ އަވަށްތައް ހިމެނޭ ބައެއް ސަރަހައްދުތައް އަޒަރބައިނާ ހަވާލުކުރުމަށް ދީފައިވާ ސުންގަޑި ހަމަވާތީއެވެ.

މިއީ، ރަޝިޔާ މެދުވެރިވެގެން ހަނގުރާމަ ހުއްޓާލުމަށް އަރްމީނިއާއާއި އަޒަރބައިޖާނާ ދެމެދު ސޮއިކުރި ސުލްހައިގެ އެއްބަސްވުމުގެ ދަށުން ކުރެވޭ ކަމެކެވެ.

މި އެއްބަސްވުމުގެ ދަށުން، އަޒަރބައިޖާނާ ހަވާލުކުރާ ނަގޯނޯ-ކަރަބާހް ސަރަހައްދުތަކުގައި ދިރިއުޅެމުންދިޔަ އަރްމީނިއާ ދަރިކޮޅުގެ މީހުން އެނބުރި ދާނީ އަރްމީނިއާއަށެވެ.

އަރްމީނިއާ ދަރިކޮޅުގެ މީހުން އެތައް އަހަރެއްކުދިން ކޮންޓްރޯލް ކުރަމުންދިޔަ އެއް ރަށަކީ ކަލްބަޖާރެވެ. އެ ރަށް މާދަމާގެ ނިޔަލަށް އަނބުރާ އަޒަރބައިޖާނާ ހަވާލުކުރަން ޖެހެއެވެ.

އެކަމާހެދި، އަރްމީނިއާ ދަރިކޮޅުގެ މީހުންވަނީ ގާފިލާ ގާފިލާ ހަދައިގެން އެރަށުން ފައިބަން ފަށާފައެވެ. އަދި ޗަރެކްޓަރ އަވަށުންވެސް މީހުން ފައިބަން ފަށާފައި ވެއެވެ.

އެ އަވަށްތަކުން ނުކުތް ބައެއްމީހުންވަނީ އެމީހުން އަމިއްލައަށް ބިނާކުރި ގެދޮރުގައި ހުޅުޖަހައި އަންދާލާފައެވެ. އެމީހުން ބުނީ، އަޒަރބައިޖާން މީހުންނަށްވެސް އެ ގެތައް ލިބޭން އެމީހުން ބޭނުން ނުވާކަމަށެވެ.

އަވަށްތަކުން ނުކުތްމީހުންވަނީ، ރަށަށް ކަރަންޓު ދިނުމަށް އަޅާފައިހުރި ކޭބަލްތައްވެސް ބުރިކޮށްލާފައެވެ.