ރާއްޖެއިން އިތުރު 1795 މީހަކު ކޯވިޑު ވެކްސިންގެ ބޫސްޓަރ (ތިންވަނަ) ޑޯޒް ފުރިހަމަކޮށްފި ކަމަށް އެޗުޕީއޭއިން ވިދާޅުވެއްޖެއެވެ. އެތަނުން މިއަދު ހާމަކޮށްފައިވާ ގޮތުގައި މިއަދަދާ އެކު ބޫސްޓަރ ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 120191 އަށް ރައިފައެވެ.

އެޗުޕީއޭއިން މިއަދު ހާމަކޮށްފައިވަނީ އާދީއްދަތަދުވަހުގެ މައުލޫމާތެވެ. އާދިއްތަ ދުވަހު ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހި 1795 މީހުންގެ ތެރެއިން މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖެހީ 399 މީހެކެވެ. އަތޮޅުތަކުން ބޫސްޓަރ ޑޯޒް ޖެހި 1396 މީހެކެވެ. އާދީއްތަ ދުވަހު 16 މީހަކު ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ. ދެވަނަ ޑޯޒް ޖަހާފައިވަނީ 55 މީހެކެވެ. މީގެތެރޭގައި މާލޭ ސަރަޙައްދުން ވެކްސިން ފުރިހަމަކުރި 49 މީހުންނާއި، އަތޮޅުތަކުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 6 މީހަކު ހިމެނެއެވެ. އަލަށް ވެކްސިން ފުރިހަމަކުރި މީހުންނާއެކު ރާއްޖެއިން ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 370765 އަށް އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް 16 މީހަކު ވަނީ ޖަހާފައެވެ. އެއީ މާލޭ ސަރަހައްދުން ވެކްސިން ޖެހި 10 މީހަކާއި އަތޮޅުތަކުން ވެކްސިން ޖެހި 6 މީހެކެވެ.

ރާއްޖެއިން ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 398088 އަށް އަރާފައެވެ. ރާއްޖެއިން ދެވަނަ ޑޯޒް ޖަހާފައިވާ މީހުންގެ ޖުމްލައަކީ 370،765 މީހެކެވެ.