އިއްޔެ ހަވީރު 6 އިން މިއަދު ހަވީރު 6 އަށް ރާއްޖެއިން އިތުރު 656 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗުޕީއޭއިން ވިދާޅުވެއްޖެއެވެ. އެ އެޖެންސީން ހާމަކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މިއީ ފާއިތުވި 24 ގަޑިއިރުތެރޭ ޓެސްޓުކުރި ކުރި 4،191 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި އަދަދެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލޭ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 79 މީހެކެވެ. އަތޮޅުތަކުން ޕޮޒިޓިވްވެފައިވަނީ 497 އެވެ. ރިސޯޓުތަކުން ޕޮޒިޓިވްވެފައިވަނީ 48 މީހެކެވެ.

މިއަދަދާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ މިހާރުވަނީ 165،729 އަށް އަރައިފައެވެ. އޭގެތެރެއިން 150،436 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ. ރާއްޖޭގައި މިހާރުވެސް އެކްޓިވް ކޭސްގެ ގޮތުގައި 14،988 މީހުން އެބަތިއްބެވެ. ހޮސްޕިޓަލުގައި އެޑުމިޓް ކޮށްގެން ފަރުވާ ދެމުން ގެންދާ މީހުންގެ މިހާރުގެ ޖުމްލައަކީ 23 އެވެ. މިބަލގައި ރާއްޖެއިން މިހާތަނަށްވަނީ 292 މީހަކު މަރުވެފައެވެ.