ޅ.ހިންނަވަރު ބަނދަރުގެ ދެކުނުފަރާތުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ. އެ މަސަަައްކަތަށްފަހު މިހާރު ކުރިއަށްދަނީ ބަނދަރުގެ އުތުރު ފަރާތުގައި އެއްގަމު ތޮށި ލުމަށްޓަކައި ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ކަމަށް އެކުންފުނީން ވިދާޅުވިއެވެ. .

މި މަޝްރޫޢުގެ ދަށުން، 3.2 ހެކްޓަރުގެ ބިން ހިއްކުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން 65،170.76 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުން ހިމެނެއެވެ. އަދި 421 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 123.9 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން ވެސް ހިމެނެއެވެ. އޭގެ އިތުރުން 170.55 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިނެެއެވެ،

މި މަސައްކަތުގެ އަގަކީ 99.52 މިލިޔަން ރުފިޔާ އެވެ،