އިންޑިއާއިން އާންމުކޮށް ބައިނަލްއަގުވާމީ ފްލައިޓްތަކުގެ ދަތުރުތައް އަލުން ފެށުމަށް އެގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން ވަނީ ހެލްތު މިނިސްޓްރީގެ ހުއްދައަށް އެދިފައެވެ. ލަފާ ކުރެވޭ ގޮތުގައި މާޗް މަހުގެ މެދުތެރެއިން ފެށިގެން އިންޑިއާއިން ގަވާއިދުން ބައިނަލްއަގުވާމީ ދަތުރުތައް އަލުން ފެށުމަކީ އެކަށީގެންވާ ކަމެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ގެ ހާލަތު މިހާރު އޮތް ގޮތުން އަދިވެސް އިންޑިއާއިން ރައްކާތެރި ފިޔަވަޅު އަޅައެވެ. އިންޑިއާގެ އެތެރޭގެ ވައިގެ ދަތުރުފަތުރު ދަނީ އަލުން ދިރެމުންނެވެ. މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ބައިނަލްއަގުވާމީ ދަތުރުތައް އަލުން ފެށުމަށް ހެލްތު މިނިސްޓްރީއަށް އެދިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. އިންޑިއަން އެއަރލައިން އިން ކޮވިޑްގެ ކުރިން 2800 ފްލައިޓް އޮޕަރޭޓްކުރިއެވެ. މިހާރު އަލުން އޭގެ 80 ޕަސެންޓަށް ފްލައިޓް ވަނީ އޮޕަރޭޝަން ރަގަޅު ވެފައެވެ. އިންޑިއަން އެއަރލައިނުން އާދީއްތަ ދުވަހު 2335 ފްލައިޓްގައި 343،000 ފަސިންޖަރުން އުފުލިއެވެ.