ހެންވެއިރު ނޫއަލިގޭގައި މިއަދު ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ނިއްވާލައިފިއެވެ.

އެގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު އެފްއާރުއެސް ފަޔަރ ކޮންޓްރޯލް ރޫމަށް ލިބިފައިވަނީ މިއަދު 08:55 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ހާދިސާގެ މައުލޫމާތު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައެވެ. މިގޮތުން ކުރެވުނު މަސައްކަތުން ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވުނީ 09:25 އެހައިކަންހާއިރު ކަމަށް ވެސް އެމްއެންޑީފުން ވިދާޅުވިއެވެ. އެ އިމާރާތަކީ ބިދޭސީން އުޅޭ ތަނެއް ކަމަށް ވެސް އެމްއެމްޑީއެފުން ވިދާޅުވިއެވެ.

މި ހާދިސާގައި 10 މީހަކަށް ދުމުގެ އަސަރުކޮށްގެން ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.