ރަޝިޔާގެ އަސްކަރީ ބާރު ގައުމުން ބޭރުގައި ބޭނުން ކުރުމުގެ ހުއްދައަށް އެދި ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހަށް ރައީސް ޕޫޓިން ހުށަހެޅުއްވުމުން އެކަމުގެ ހުއްދަ ދީފިއެވެ. ރަޝިޔާއިން ބޭރަށް ސިފައިން ފޮނުވުމަށް ޑޫމާއިން ހުއްދަ މިދިނީ، ޔޫކްރެއިންގެ ބާޣީ ސަރަހައްދުގެ މިނިވަންކަން ރަޝިޔާގެ ރައީސް ގެ މިނިވަންކަން ގަބޫލުކުރެއްވިތާ އެއްދުވަސް ފަހުންނެވެ.

ރަޝިޔާގެ ތާއީދާއެކު އިރުމަތީ ޔޫކްރެއިންގެ ޑޮނޭޓްސްކް އަދި ލުހަންސްކްގެ ބައެއް ސަރަހައްދުތައް ޔުކްރެއިންގެ ބާޣީން ކޮންޓްރޯލު ކުރަމުން ދެއެވެ. އަދި މިމީހުން ވަނީ މިތާގައި ދެ ގައުމެއް އިއުލާން ކޮށްފައެވެ. ޕުޓިންގެ މަގްސަދަކީ މިސަރަހައްދަށް ސިފައިން ފޮނުވާށެވެ.