އިންޑިއާއައި ޕާކިސްތާނާ ދެމެދު އޮންނަ އަތާރީ-ވާގަހް ބޯޑަރުގައި އަފްޣާނިސްތާނަށް ގޮދަނުގެ އެހީ ފޮނުވުމުގެ ރަސްމިއްޔާތު އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ ވަނީ އިއްޔެ ބާއްވަވަފައެވެ. އިންޑިއާއިން ޕާކިސްތާނަށް ދޭން އިއުލާން ކޮށްފައިވާ 50،000 ޓަނުގެ ގޮދަނުގެ އެހީ އަފްޣާނިސްތާނަށް ގެންދަނީ އަފްޣާނިސްތާންގެ ލޮރިތަކުގައެވެ. ޝްރިންގްލާ ވިދާޅުވިގޮތުގައި މި ޝިޕްމަންޓް ދާނީ ޕާކިސްތާނު މަގުން ލައިގެން ޖަލާލްއާބާދަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް 2 ނުވަތަ 3 މަސް ދުވަހުގެ ތެރޭގައި އަފްޣާނިސްތާނަށް އިންސާނީ އެހީގެ އިތުރު ޝިޕްމެންޓްތައް އިންޑިއާއިން ފޮނުވނެ ކަމަށެވެ.

މި އެހީގެ ސާމާނު އުފުލަނީ 50 ލޮރީގައެވެ. ޖަލަލްއަބާދުގައި ހުންނަ ވަރލްޑް ފުޑް ޕްރޮގްރާމާ އޮފީހާ މި އެހީ ހަވާލު ކުރުމުން މީހުންނަށް ބެހުމުގެ މަސައްކަތް ކުރަނީ އެފަރާތުންނެވެ. އިންޑިއާއިން ވަނީ އަފްޣާނިސްތާނަށް ފިނުމޫސުމްގެ ފޭރާންވެސް ދާދިފަހުން ފޮނުވާފައެވެ.