ތައިރޮއިޑް ފަރުވާއަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ސިންގަޕޫރަށް ފުރާގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑޮކްޓަރުގެ ލަފާގެމަތިން ތައިރޮއިޑް ފަރުވާއަކަށް މިއަދު ސިންގަޕޫރަށް ފުރަން ހަމަޖެހިފައިވާ ކަމަށެވެ.

”މާތް ﷲގެ ވާގިފުޅާއެކު ފަރުވާގެ ކަންތައް ފުރިހަމަވެ، ލަސްނުވެ މަސައްކަތަށް އެނބުރި އާދެވޭނެ.” ރައީސް ވިދާޅުވިއެވެ.

މިދަތުރުފުޅުގެ އިތުރު ތަފްސީލެއް ރައީސް ހާމަނުކުރައްވައެވެ.