އިންޑިއާގައި، 2021 ވަނަ އަހަރު 1.2 ބިލިއަން މޯބައިލް ބޭނުންކުރާ މީހުން ތިބިއިރު، އޭގެ ތެރެއިން 750 މިލިއަން މީހުންނަކީ ސްމާޓްފޯން ބޭނުންކުރާ މީހުންނެވެ. އޮތް ފަސް އަހަރުގެ ތެރޭގައި އިންޑިއާ ވެގެންދާނީ ސްމާޓްފޯން އުފައްދާ ދެވަނައަށް އެންމެ ބޮޑު މަރުކަޒަށެވެ.
ޑެލޮއިޓް ކުންފުނީގެ 2022 ވަނަ އަހަރުގެ ގްލޯބަލް ޓީއެމްޓީ (ޓެކްނޮލޮޖީ، މީޑިއާ އެންޑް އެންޓަޓެއިންމަންޓް، ޓެލެކޮމް) ގެ ރިޕޯޓްގެ އަންދާސާ ބުނާ ގޮތުން 2026 ވަނަ އަހަރު އަންނަންވާއިރަށް 1 ބިލިއަން ސްމާޓްފޯން ބޭނުންކުރާ މީހުންނަށް ސްމާޓްފޯން މާކެޓް ބޮޑުވެގެންދާނެ ކަމަށް ލަފާކުރެވެ އެވެ.
2021 ވަނަ އަހަރުން ފެށިގެން 2026 ވަނަ އަހަރާ ހަމައަށް އަހަރުން އަހަރަށް ސްމާޓް ފޯނު ބޭނުންކުރުން އިތުރުވެފއި ވަނީ 2.5 އިންސައްތައިގައެވެ. ނަމަވެސް ރަށްފުށުގެ ސަރަހައްދުގައި ސްމާޓް ފޯނުބޭނުންކުރުން ދެގުނައަށް އިތުރުވާނެކަމަށް ލަފާ ކުރެވެއެވެ.
އިންޓަނެޓް ބޭނުން ކުރުނ އިތުރުވުމަކީ ސްމާޓްފޯނުތަކަށް އޮތް ޑިމާންޑް އިތުރުވާނެ ކަމެއް ކަމަށް ބެލެވެއެވެ. އަދި މީގެ ސަބަބުން މާލީ މުއާމަލާތްތައް އިތުރުވެ، އީ-ހެލްތު، އަދި އީ-ލާނިން ބޭނުންކުރުންފަދަ ކަންކަން އިތުރު ވެގެންދާނެއެވެ.
އަދި 2025 ވަނަ އަހަރު އަންނަންވާއިރަށް އިންޑިއާ ނެޓް ޕްރޮގްރާމްގެ ދަށުން ހުރިހާ ވިލެޖެއްގައި އޮޕްޓިކް ފައިބާ އެޅުމަށް އިންޑިއާ ސަރުކާރުން ވަނީ ރާވާފައެވެ. މީގެ ސަބަބުން ރަށްފުށުގައި އިންޓަނެޓް ގެ އެހީގައި ބޭނުންކުރެވޭ ވަސީލަތްތައް އއިތުރުވެގެން ދާނެއެވެ.
2026 ވަނަ އަހަރު ސިޓީތަކުގައި 95 ޕަސަންޓް މުއާމަލާތް ހިނގާނީ އައު ފޯނު ގަތުމަށެވެ. ސެކަންދް ހޭންޑް ފޯނުތަކުގެ ވިޔަފާރި އުޅޭނީ ފަސް ޕަސެންޓްގައެވެ. އަދި ރަށްފުށުގެ އާބާދީގައި ފޯނެއްގެ އެވްރެޖް އުމުރު ހަތަރު އަހަރަށް ދިގުވާނެ ކަމަށްވެސް ލަފާ ކޮށްފައި ވެއެވެ.
އިންޑިއާގައި ސްމާޓް ފޯނަށް ޑިމާންޑް ބޮޑުވާނީ 5ޖީ ލޯންޗް ކުރުމަށް ފަހުއެވެ. 2026 ވަނަ އަހަރު އަންނަންވާއިރަށް ޑިވައިސްތަކުގެ 80 ޕަސެންޓަކީ 5ޖީ އާއެކު ހައި-ސްޕީޑް ގޭމިން އަދި ރިމޯޓް ހެލްތުކެއާ ފަދަ ތަފާތު އެޕްލިކޭޝަންތައް ފަސޭހައިން ބޭނުން ކުރެވޭ ފޯނުތަކަށް ވާނެއެވެ.