އއ. މަތިވެރީ ސްކޫލުގެ މަލްޓި-ޕާރޕަސް ހޯލާއި 12 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ މަސައްކަތް އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޖޭވީ ވިތު ވީ އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ މިއަަދު ހަވާލު ކުރައްވައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވިދާވީ މި މަސައްކަތް ކޮށްދެއްވުމަށް އެކުންފުނީން ހުށަހަޅާފައިވާ އަގަކީ ފަނަރަ މިލިއަން ނުވަލައްކަ ފަންސާސް ހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ ނުވަދިހަ ހަލާރި ކަމަށެވެ. އެކުންފުނީން ވަނީ 420 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައިދޭނޭ ކަމަށް ބުނެފައި ކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

މި މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ އެވެ. އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޖޭވީ ވިތު ވީ އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޖިނާ އެވެ.