ބޭނުންވާ ތަކެތި

½ 1 ޖޯޑު ކެރެޓް

½ 1 މޭޒުމަތީ ސަމުސާ ގިތެޔޮ (ގީ)

¼ ޖޯޑު ބާސްމަތީ ހަނޑޫ (ފެނުއަޅައި ފޯކޮށް އަތުން ހިމުންކޮށްލާފައި)

5 ޖޯޑު ފުލްކްރީމް މިލްކް

1 ޖޯޑު ފެން

1/3 ޖޯޑު ހިކި ކިރު

ކުޑަ ލޮނުކޮޅެއް

1/3 ޖޯޑު ހަކުރު

¼ ޖޯޑު އަލަމަންޑް (މަށާ،ފަޅާފައި)

1 ސަމުސާ ކާފޫރުތޮޅި ( މުގުރި)

ތައްޔާރުކުރާނެ ގޮތް

ކެރެޓް މަށާލުމަށްފަހު ސާފުކޮށް ދޮވެލާށެވެ. އެއަށްފަހު ގާނާށެވެ. ނުވަތަ ހިމަ ދިގުކޮށް ކޮށާށެވެ. ދެން ތަވަޔަކަށް ގިތެޔޮ އެޅުމަށްފަހު ހޫނުވުމުން ކެރެޓްކޮޅު އަޅާށެވެ. ދެތިން މިނެޓް ހަނާކޮށްލުމަށްފަހު ހަނޑޫ އަޅާށެވެ. ދެން ދެބައި އެއްކޮށްލުމަށްފަހު 5 ޖޯޑު ކިރު އަޅާށެވެ. އެއަށްފަހު ހަކުރު އަޅައި ކުޑަ ލޮނުކޮޅެއްވެސް އަޅައިގެން އޮލަވަންދެން ދޭފަތަކުން ހަލަމުން ކައްކާ ށެވެ. ދެން ހިކި ކިރާއި ފެން އަދި އަލަމަންޑް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ހުރިހާއެއްޗެއް ރަނގަޅަށް އެއްވުމުން އުނދުން ނިވާލާށެވެ. ބޭނުންނަމަ ފިނިފެން ނުވަތަ މާފެން އެޅިދާނެއެވެ. އެއަށްފަހު މައްޗަށް މުގުރި ކާފޫރުތޮޅިކޮޅު ބުރުވަލާށެވެ. ތައްޓަށް އަޅާފައި ރީތިކޮށްލަން ބޭނުންނަމަ، ކޮންމެވެސް ވައްތަރެއްގެ މަދެއް (ނަޓް) ބޭނުންކުރެވިދާނެއެވެ.