ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަންމަ ނިޔާވެއްޖެއެވެ.

އާޒިމްގެ މަންމަ އަޒީޒާ އަހުމަދު ނިޔާވީ ރޭގެ ވަގުތެއްގަައި އޭޑީކޭ ހޮސްޕިޓަލުގަ އެވެ. އަޒީޒާ ނިޔާވީ އުމުރުން 72 އަހަރުގަ އެވެ.

އަޒީޒާގެ ކަށުނަމާދު ބާއްވާފައި ވަނީ މިއަދު ފަތިސް ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގައެވެ.

އަޒީޒާ އަކީ މެމްބަރު އާޒިމްގެ އިތުރުން މަޝްހޫރު ފުޓްބޯޅަ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ގެ ވެސް މަންމައެވެ.