ރަޝިއާ އާއި ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން ސެމީ ކޮންޑަކްޓަރުންގެ ސަޕްލައިއަށް މިހާރުވެސް ބަނަކަމެއް ވެރިވެފައިވާ އިރު، މިކަން އިތުރަށް ގޯސްވާނެ ކަމަށް މުހައްލިލުން ބުނެއެވެ. މި ދެ ގައުމަކީ ވެސް އެކި ވައްތަރުގެ ޗިޕްސެޓް އުފެއްދުމުގައި ބޭނުންކުރާ މައުދަންގެ ބާވަތްތައް އުފެއްދުމުގައި ވަރަށް މުހިންމު ދެ ގައުމު ކަމަށް އިންޑަސްޓްރީގެ ފަރާތްތަކުން ބުނެ އެވެ.

ދުނިޔޭގެ އެކި ހިސާބުހިސާބުގައި ޗިޕް ލިބުމުގެ ތަދުކަޑުމެއް ވަނީ ދިމާވެފައެވެ. އެހެންވެ، އަދިވެސް ޗިޕްގެ ތަދުކަމެއް 2022 ވަނަ އަހަރުގެ އެންމެ ފަހު ބަޔާ ހަމަށް ދެމިގެންދާނެ ކަމަށް ބެލެވެއެވެ. އަދި ލަފާ ކުރެވޭ ގޮތުގައި 2023 ވަނަ އަހަރުވެސް ޗިޕްގެ ތިޔާގި ކަމެއް ފެނިގެނެއް ނުދާނެ އެވެ. އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން އެންމެ ފަހުން ނެރުނު ސެމިކޮންޑަކްޓަރ ސަޕްލައި ޗެއިންގެ ރިޕޯޓްގައި މި ތަދުމަޑުކަމަށް އަލިއަޅުވާފައިވާ ކަމަށް ވެއެވެ.

ރަޝިޔާއާއި ޔޫކްރެއިންއަކީވެސް މެމޮރީ އަދި ސެންސަރ ޗިޕްސްގައި ބޭނުންކުރާ ޕެލެޑިއަމް، އަދި ސަރކިޓްތައް ޑިޒައިން ކުރާއިރު ބޯޑްތައް ކަނޑައި ނެގުމަށް ބޭނުންކުރާ ނިއޯން ގޭސް ބޭރުކުރާ ދެގައުމެވެ. ދުނިޔޭގެ ޕެލެޑިއަމްގެ 40 ޕަސެންޓް ސަޕްލައި ކުރަނީ ރަޝިޔާއިންނެވެ.

ދުނިޔޭގައި ކޮމްޕިއުޓަރ ޗިޕް މަދުވުމުގެ ސަބަބުން ސިނާއީ ފަރާތްތަކަށް ވަނީ ސެމިކޮންޑަކްޓަރުންގެ ސްޓޮކް ދަށަށް ގޮސްފައިވާ ތަން ފެނިފައެވެ. 150 އަށް ވުރެ ގިނަ ކުންފުނިތަކުގެ ސާވޭއަކުން ދައްކާ ގޮތުގައި 2019 ވަނަ އަހަރު އެވްރެޖްކޮށް 40 ދުވަހަށް ވާވަރަށް ސަޕްލައި ހުރިއިރު، މިދިޔަ 2021ގެ ފަހުކޮޅުން ފެށިގެން އަބަދުވެސް ހުންނަނީ ފަސް ދުވަހުގެ ސަޕްލައިއެވެ.

ކާރާއި ވޮޝިން މެޝިނުން ގޮސް ސްމާޓްފޯނާއި އަދި އެއަށް ވުރެ ގިނަ އެތައް އިލެކްޓްރޯނިކް ބާވަތްތަކަކީ، ސެމީކޮންޑަކްޓަރުގެ ނަމުން ވެސް މަޝްހޫރުވެފައިވާ ޗިޕްއަށް ބަރޯސާވާ އުފެއްދުންތަކެވެ.

އިންޑަސްޓްރީގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސަޕްލައި ޗެއިންތަކަށް އިތުރު ޕްރެޝަރެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. އޭގެ ތެރޭގައި ޗިޕް ކެޕޭސިޓީ އަށް އަސަރު ކުރުމާއި ޗިޕްގެ އަގުތައް އިންތިހާއަށް މަތިވެގެން ދިއުންފަދަ ލޮޅުންތައް ހިމެނެއެވެ.

އިންޓެލްގެ ސީއީއޯ ޕެޓް ގެލްސިންގަރ ދާދިފަހުން ވިދާޅުވީ 2023 ވަނަ އަހަރާ ހަމައަށް ސެމިކޮންޑަކްޓަރ ގެ ތަދުމަޑުކަން ނިމުމަކަށް އަންނާނެ ކަމަށް ލަފާނުކުރައްވާ ކަމަށެވެ. ލަފާ ކުރެވޭ ގޮތުގައި މީގެ ސަބަބުން އިލެކްޓްރޯނިކް ސާމާނުގެ އަގުތައް ބޮޑުވެގެންދާނެއެވެ.