ދުނިޔޭގެ ބިމުގައި ސިޔާސީ ޒުވާބެއްގައި އުޅުނަސް ޖައްވުގައި އަޚުވަންތަކަން އޮންނާނެ ކަމަށް އެމެރިކާގެ ޖައްވީ އިދާރާއިންބުނެއެވެ. އިންޓަރނޭޝަނަލް ޖައްވީ ސްޓޭޝަންއަކީ އެމެރިކާގެ ނާސާ އާއި ރަޝިއާގެ ނެޝަނަލް ސްޕޭސް އެޖެންސީ ރޮސްކޮސްމޯސް އާއެކު ފަސް ސްޕޭސް އެޖެންސީއެއް ގުޅިގެން އުފައްދާފައިވާ ބޮޑު ސްޕޭސް ސްޓޭޝަނެކެވެ.

އޭގައި ހިމެނެނީ، ރަޝިއަން އޯބިޓަލް ސެގްމެންޓާއި ޔޫއެސް އޯބިޓަލް ސެގްމަންޓް ދެ ބައެކެވެ. މިވަގުތު ނާސާގެ ހަތަރު އެސްޓްރޮނޯޓުންނާއި ޔޫރަޕުން އެއް އެސްޓްރޮނޯޓުންނާއި ރަޝިއާގެ ދެ ސްޕޭސްމޮނޯޓުން ދުނިޔެއިން ބޭރުގައި ޖައްވުގައި މިސްޓޭޝަނުގައި މަސައްކަތް ކޮށް ދިރިއުޅެމުން ދެއެވެ.

ޔޫކްރެއިންގައި ރަޝިޔާއިން ފެށި ހަނގުރާމައާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވާފައެވެ. އެކަމާ ވިއްދައިގެން ރަޝިޔާގެ ސްޕޭސް އޭޖެންސީގެ ވެރިޔާ ވަނީ އެ ފިޔަވަޅުތައް ކުށްވެރިކުރައްވައި، އިންޓަރނޭޝަނަލް ސްޕޭސް ސެޓޭޝަނުގައި ދެ ޤައުމުގެ ޓީމްވޯކް މިއިން ހަލާކުވެގެން ދާނެކަމަށް ވިދާޅުވެ ޓުއީޓް ކުރައްވާފައެވެ.

"ޓުއިޓާގައި ރޮސްކޮސްމޯސްގެ ޑިރެކްޓާ ޖެނެރަލް ޑިމިޓްރީ ރޮގޮޒިން ވިދާޅުވީ، ރަޝިޔާއަށް އެމެރިކާއިން އެއްބާރުލުން ދޭން ހުރަސްއަޅާނަމަ، އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަން އޯބިޓޫން ނެއްޓި ވެއްޓެން ދާ ހިނދެއްގައި އެތަން ސަލާމަތް ކުރާނީ ކާކު ތޯއެވެ؟ ފަހަރެއްގައި އެ ސްޓޝަން އެމެރިކާ ނުވަތަ ޔޫރަޕްގެ ސަރަހައްދަށް ވެސް ވެށްޓިދާނެއެވެ. އަދި ޗައިނާ ނުވަތަ އިންޑިއާއަށްވެސް ވެށްޓިދާނެއެވެ.

500 ޓަނުގެ ސްޕޭސް ސްޓޭޝަންއާ މެދު ކުރެވުނު ސުއާލުތަކަށް ޖަވާބު ދެމުން ނާސާއިން ބުނީ ރޮސްކޮސްމޯސް ހިމެނޭ ގޮތަށް ބައިނަލްއަގުވާމީ ހުރިހާ ބައިވެރިންނާ ގުޅިގެން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގެ ރައްކާތެރި ކަމާއެކު އޮޕަރޭޝަންތައް ނާސާއިން ކުރިއަށް ގެންދާނެ ކަމަށެވެ.

ނާސާގެ ކުރީގެ އެސްޓްރޮނޯޓް ގެރެޓް ރީސްމަން ސީއެންއެން އަށް ވިދާޅުވި ގޮތުގައި ރަޝިއާގެ އިން އުފައްދާފައިވާ ސްޕޭސް ސްޓޭޝަންގެ ސެގްމެންޓަށް ކަރަންޓު ނަގަނީ އެމެރިކާ ސެގްމެންޓުންނެވެ. އަދި އެމެރިކާގެ ސެގްމެންޓް ހަރަކާތްތެރި ކުރުމަށް ބަރޯސާވަނީ ރަޝިއާގެ ސެގްމެންޓުގައި ހިމެނޭ ޕްރޮޕަލްޝަން ސިސްޓަމްތަކަށެވެ.

އެހެންވެ ދެބައި މީހުންނަށް ޖައްވުގައި ތިބެގެން ދެބަސްވެވޭކަށެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.