ޕާކިސްތާންގައި އަންހެނުންނަށް މިނިވަންކަން ހޯދުމަށް ކޮންމެ އަހަރަކުވެސް އަންހެނުން އައުތަރު މާޗް ހިނގާލުން ބާއްވައެވެ. މިއީ އަންހެނުންގެ މައްޗަށް ބަސްކިޔާ ކޮންސަރވެޓިވް އިސްލާމީ ސޮސައިޓީގައި އަންހެނުންވެސް އެމީހުންނަށް އިޖުތިމާއީ ސަގާފީ ކަސްތޮޅުތަކުން މިންޖުވާން އެދި ގޮވާލާ ހިނގާލުމެކެވެ.

މިއަހަރުގެ އައުރަތު މާޗްވެސް އެހެން އަހަރުތަކާ ތަފާތު ވާނެ ހެނެއްނުވެއެވެ. އައުރަތު މާޗްގެ ދުވަސް ކައިރިވީވީހެން ދީނީ ފަރާތްތަކުން ދަނީ އަންހެނުންނަށް ޕްރެޝާ ބޮޑު ކުރަމުންނެވެ.

ޕާކިސްތާނުގެ އިދިކޮޅު ދީނީ ޕާޓީ ތަހްރީކޭ ލައްބައިކަ ޕާކިސްތާން (ޓީއެލްޕީ)ގެ ލީޑަރު ސައުދު ހުސައިން ރިޒްވީ ވަނީ އައުރަތު މާޗް ނުބޭއްވުމަށް ގޮވާލާފައެވެ.

ޓީއެލްޕީއަކީ ބްރޭލްވީ މަޛުހަބުގެ މީހުންގެ ހައްދުފަހަނައަޅާފައިވާ އިސްލާމީ ޕާޓީއެކެވެ. މި ޕާޓީން ވަނީ ފަރަންސޭސިވިލާތުގައި މަޝްހޫރު ނޫން ނޫހަކުން ރަސޫލާއަށް ފުރައްސާރަ ކޮށް ކާޓޫނު ކުރެހި މައްސަލާގައު މުޒާހަރާކޮށް ފްރާންސާ ގުޅުން ކަނޑާލައި ފްރާންސްގެ ސަފީރު ބޭރުކުރުމަށް ގޮވާލާފައެވެ. މި ކަމުގެ ނަތީޖާއަކަށްވީ ފްރާންސާ އިންޑިއާއާ ދެމެދު އާދަޔާ ޚިލާފް ގާތްކަމެއް އުފެދުމެވެ.

އައުރަތު މާޗާ ދެކޮޅަށް ވާހަކަ ދައްކަމުން ރިޒްވީ ބުނެފައި ވަނީ އެ ހިނގާލުމަކީ ޕާކިސްތާނުގެ މުޖުތަމައާއި އިސްލާމް ދީނުގެ މިންގަނޑުތަކާ ހިލާފު ކަމެއް ކަމަށެވެ!

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ދިމާކޮށް ހިނގާލުމެއް ބާއްވަން ބޭނުންވި ޕާކިސްތާނުގެ އަންހެނުންނަށް އެގައުމުގެ ސިޔާސީ ފަރާތްތަކުގެ ބޮޑެތި ފާޑުކިއުންތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. ޕާކިސްތާނަކީ އަންހެނުން ރޭޕްކުރުމާއި އާއިލާގެ ޝަރަފަށްތަކައި އަންހެނުން މެރުމާއި އަންހެނުން ގެއްލުމާއި ވަގަށް ނެގުން އާންމު ގައުމެކެވެ.

ޕާކިސްތާނުގެ އަންހެނުން ބުނަނީ މިއަހަރުވެސް މި ހިނގާލުން ކުރިއަށް ގެންދާނެ ކަމަށެވެ.