އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލުގެ މިއަހަރު ކަޕްކޭކުޑޭ (ކަޕްކޭކު ޑޭ 2022) މާދަމާ އޮންނާނޭ ކަމަށް އެ ސްކޫލުގެ ޕީޓީއޭއިން މައުލޫމާތު ދެއްވައިފިއެވެ.

މިއީ ޕީޓީއޭގެ މިއަހަރުގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމެނިގެން މިއަހަރު ބާއްވާ ފުރަތަމަ ހަރަކާތެވެ. މި ހަރަކާތުގެ ތެރެއިން ކަޕްކޭކު ގަންނަން ބޭނުންވާ ދަރިވަރުންނާއި، ބެލެނިވެރިންނާއި މުވައްޒަފުންނަށް ވެސް ކޭކު ލިބޭނޭ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ހުރިހާ ބެލެނިވެރީންނާއި މުވައްޒަފުން ވެސް މިހަރަކާތަށް އެއްބާރުލުން ދެއްވުމަކީ ޕީޓީއޭގެ ވަރަށްބޮޑު އެދުމެކެވެ.

ސްކޫލްތަކުގައި ބާއްވާ މިފަދަ ހަރަކާތްތަކުގެ ސަބަބުން ބެލެނިވެރީންނާއި ސްކޫލް މެނޭޖުމެންޓާ ދެމެދު އޮންނަ ގުޅުން ވަރުގަދަވެގެން ދެއެވެ. އޭގެ އިތުރުން ކުއްޖާ މުޖުތަމައުގެ ކަންކަމަށް ހޭލުންތެރިވެ މުޖުތަމައަށް ފަރިތަވުމަށް މަގުފަހިވެގެންދެއެވެ.