ރާއްޖެއިން އިތުރު 560 މީހަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗުޕީއޭއިން ވިދާޅުވެއްޖެއެވެ. މި އަދަދަކީ ޓެސްޓްކުރި 3،484 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި އަދަދެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލޭ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 48 މީހެކެވެ. އަތޮޅު ތަކުން ޕޮޒިޓިވްވެފައިވަނީ 471 މީހެކެވެ. ރިސޯޓުތަކުން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ 26 އެވެ.

މިއަދަދާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 170،192 އަށް އަރައިފައެވެ. މީގެ ތެރެއިން ބަލީން ފަސޭހަވެފައިވާ މީހުންގެ ޖުމްލައަކީ 154،864 އެވެ. އެކްޓިވް ކޭސްގެ އަދަދަޖީ 15،018 އެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުންގެންދާ ބަލި މީހުންގެ އަދަކީ 14 އެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް ވަނީ 297 މީހަކު މަރުވެފައެވެ.