އެސްޓީއޯގެ ހޯލްސޭލް ޕްރޮމޯޝަން މިއަދު ފަށައިފިއެވެ. މި ހޯލްސޭލް ޕްރޮމޯޝަން ކުރިއަށް ދާނީ 1 މާރޗް 2022 އިން 30 އޭޕްރިލް 2022 ގެ ނިޔަލަށް އެސްޓީއޯ ހޯލްސޭލް ސެންޓަރުގައެވެ.
މިއީ އެސްޓީއޯ އިން ހިންގާ އަހަރުގެ ބޮޑު ސޭލް "އެސްޓީއޯ ރަމަޒާން ބަޒާރު 2022" ގެ ތެރެއިން ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން ބާއްވާ "އެސްޓީއޯ ހޯލްސޭލް ޕްރޮމޯޝަން" އެކެވެ. އެސްޓީއޯ ހޯލްސޭލް ސެންޓަރުގައި ކުރިޔައްދާ މި ޕްރޮމޯޝަންގެ ތެރެއިން ނަސީބުވެރި ތިންފަރާތެއް ހޮވައި ކޮންމެ ނަސީބުވެރިޔަކަށް ރަށު ޕިކަޕެއް ލިބިލައްވާނެެއެވެ. މީގެ އިތުރުން ކޮންމެ ހަފްތާއަކު ތިން ނަސީބުވެރިން ހޮވައި ކޮންމެ ފަރާތަކަށް 1500ރުފިޔާގެ ގިފްޓް ވައުޗާރ އެއް ލިބޭނޭ ކަމަށް ވެސް އެސްޓީއޯއިން ވިދޅުވިއެވެ.
މި ޕްރޮމޯޝަނުގައި ބައްލަވައިގަންނަވާ 400 ގްރާމް ކްރޫގަރ ޕާސްތާ ނުސާ ޗޮކްލެޓް ސްޕްރެޑް ގެ ކޮންމެ 2 ކާރޓަން އަކަށް 400 ގްރާމް ކްރޫގަރ ޕާސްތާ ނުސާ ޑާކް ޗޮކްލެޓް ސްޕްރެޑް ކާރޓަންއެއް ހިލޭ ލިބޭނެއެވެ. އޭގެ އިތުރަށް ކްރޫގަރ ޕާސްތާ ނުސާ ޑުއޯ ސްޕްރެޑް 400ގްރާމް ކާރޓަންއެއް ބައްލަވައިގަތުމުން ކުރޫގަރ ކޮކޯ ޕައުޑަރ 250 ގްރާމް ގެ ކާރޓަން އެއް ވެސް ހިލޭ ލިބޭނެއެވެ. މީގެ އިތުރުން ބައްލަވައިގަންނަވާ އަލްނޫރު ހިކި ކިރު ކޮންމެ 2 ކާރޓަންއަކަށް ޑާރކް ޗޮކްލެޓް ޕާސްތާ ނުސާ 400ގްރާމް 1 ކާރޓަން ހިލޭ ލިބޭނެއެވެ.
މީގެ އިތުރުން ކޮންމެ 1000 ރުފިޔާ އިން މަތީގެ ވިޔަފާރިއަކަށް ކޫޕަންއެއް ލިބޭނެއެވެ. މީގެ ތެރެއިން ކޮންމެ ހަފްތާއަކު ތިން ނަސީބުވެރިން ހޮވައި ކޮންމެ ފަރާތަކަށް 1500 ރުފިޔާ ގެ ގިފްޓް ވައުޗާރ އެއް ލިބޭނެއެވެ.
މުޅި ޕްރޮމޯޝަން ނިމުމުން ތިންނަސީބުވެރިން ހޮވައި ކޮންމެ ނަސީބުވެރިޔަކަށް ރަށު ޕިކަޕެއް ވެސް ހިލޭ ލިބޭނޭ ކަމަށް އެސްޓީއޯއިން ވިދާޅުވެފައިވެއެވެ. އެސްޓީއޯ މިހާރުވަނީ ކަސްޓަމަރުންގެ މެދުގައި މަގްބޫލް "އެސްޓީއޯ ރަމަޒާން ބަޒާރު" ވެސް ފަށައިފައެވެ. ރަމަޒާން ބާޒާރު ކުރިއަށް ދަނީ އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓް ފިހާރައާއި ރީޖަނަލް ފިހާރަ ތަކުގައެވެ. އެބާޒާރު 30 އޭޕްރިލް 2022 އާ ހަމަޔައް ކުރިއަށްދާނެއެވެ.
އެސްޓީއޯ ސުޕަރމާޓްގައި ރަމަޒާން ބަޒާރު ސޭލް މިހިންގާ މާރޗް މަހުގައި ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ.