ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މޯލްޓާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ދެ މެމްބަރަކާ އެކު އެމަނިކުފާނު މިރޭ މޯލްޓާ އަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ.

ނަޝީދު މޯލްޓާއަށް ވަޑައިގަންނަވަނީ "ފޯރަމް ފޯ ކަލްޗާ އެންޑް ޕީސް"ގައި ބައިވެރިވުމުގެ ދައުވަތު ލިބުމާ ގުޅިގެންނެވެ.

ރައީސް ނަޝީދުގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަނީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްއެވެ.

އަދި މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އާދިއްތަ ދުވަހު އެނބުރި ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.