ކ.މާފުށި ސްކޫލަށް 12 ކްލާސްރޫމް ހިމެނޭ އިމާރާތެއް އިތުރު ކުރުމުގެ އެއްބަސްވުމެއްގައި އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ކުންފުންޏަކާއެކު ސޮއި ކުރައްވައިފިއެވެ. މިނިސްޓްރީން މި މަސައްކަތް ހަވާލު ކުރައްވާފައިވަނީ މައިކްރޯން ޕްރައިވެޓް ލިމިޓެޑާ އެވެ.

އެ ކުންފުނިން މި މަސައްކަތަށް ހުށައަޅުއްވާފައިވާ އަގަކީ ސޯޅަ މިލިޔަން ތިންލައްކަ ނުވަދިހަ އަށް ހާސް ނުވަސްތޭކަ ތިރީސް އަށްރުފިޔާ ސާޅީސް ހަ ލާރި ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މި މަސައްކަތް ނިންމުމަށް ކުންފުނީން ދީފައިވާ މުއްދަތަކީ 365 ދުވަހެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ އެވެ. މައިކްރޯން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަލީ ނަޖީބެވެ.