ބޭނުންވާ ތަކެތި

1 ޖޯޑު ބާސްމަތީ ހަނޑޫ

1 މޭޒުމަތީސަމުސާ ތެޔޮ

4 ލޮނުމެދު (ކޮށާފައި)

2 ތޮޅިމިރުސް (ކޮށާފައި)

2 ސަމުސާ ފިޔާ (ކޮށާފައި)

1 މޭޒުމަތީ ސަމުސާ ކެރެޓް ( ކުދިކޮށް ކޮށާފައި)

2 މޭޒުމަތީސަމުސާ ކެޕްސިކަމް (ކޮށާފައި)

1/3 ޖޯޑު ޒުވާރި

1 މޭޒުމަތީސަމުސާ ސޯޔާސޯސް

1 މޭޒުމަތީސަމުސާ ވިނިގާ

1 މޭޒުމަތީސަމުސާ މުގުރި އަސޭމިރުސް (ވައިޓްޕެޕާޕައުޑަރ)

2 މޭޒުމަތީސަމުސާ ގްރީން އޮނިޔަން (ކޮށާފައި)

ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް

ހަނޑޫ ދޮވެލުމަށްފަހު ބަތްކޮޅު ކައްކާލާށެވެ. ބަތްކޮޅު ނުހިނދެނީސް ފެންގަނޑުން ފުރާނާލަން ވާނެއެވެ.

ދެން ތެއްޔަކަށް 1 ސަމުސާ ތެޔޮ އެޅުމަށްފަހު ތެޔޮ ފޮދު ހޫނުވުމުން ލޮނުމެދު އަޅާށެވެ. ކުޑަކޮށް ހަނާވުމުން ކޮށި ފިޔާކޮޅު އަޅާށެވެ. ފިޔާކޮޅު ވަޅޯ ވުމުން ކޮށި ކެރެޓް ކޮޅާއި މިރުސް، ކެޕްސިކަމް އަދި ޒުވާރި އަޅާށެވެ. ހުރިހާއެއްޗެއް އެއްކޮށްލުމަށްފަހު ލޮނުކޮޅެއް ލައިގެން 2 މިނެޓް ކެކުމުން ސޯޔާ ސޯސް އަޅާ އެއްކޮށްލާށެވެ. އަދި ވިނިގާވެސް އަޅާށެވެ. ދެން ކެއްކި ބަތްކޮޅު އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ވައިޓް ޕެޕާ އާއި ގްރީން އޮނިޔަންވެސް އަޅާ އެއްކޮށްލާށެވެ.