ރަޝިޔާއިން ޔޫކްރެއިންއަށް ދިން ޙަމަލާއަށް ރައްދު ދިނުމުގެ ގޮތުން ޕޮލެންޑުން ޔޫކްރެއިންއަށް ސޯވިއެޓް ޒަމާނުގެ މަތިންދާ ބޯޓުތައް ފޮނުވުމާ ބެހޭ އެއްބަސްވުމެއް އެމެރިކާއިން ދަނީ ބަލަމުންނެވެ. މި އެއްބަސްވުމަށް ވައިޓް ހައުސްގެ ރުހުން ހޯދައި އެކަމަށް ކޮންގްރެސްގެ ގަރާރެއް ބނުންވާނެ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެ އެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުބަނީ ސްޓިންގަރ މިސައިލްއަށް ވުރެން އޭނާގެ ގައުމަށް މަތިންދާބޯޓް މުހިންމު ކަމަށެވެ. އަދި ރަޝިޔާގެ އުފައްދާފައިވާ ބޯޓްތަކަކީ ޔުކްރެއިން ޕައިލެޓުންނަށް ދުއްވޭނެ ބޯޓުތަކެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ރަޝިޔާގެ ތެލުގެ ބާވަތްތައް އެމެރިކާއަށް އެތެރެކުރުން މަނާކުރުމަށާއި ރަޝިޔައަށް ނޯފްލައި ޒޯނެއް ކަނޑައަލައި ދިނުމަށްވެސް އޭނާ ހުށަހެޅުއްވިއެވެ. މި ހަނގުރާމައިގެ ތެރެއަށް ސީދާ ނުވަނުމަށް ނޭޓޯއާއި މެމްބަރު ގައުމުތަކުން މަސައްކަތް ކުރަމުން ދެއެވެ.

ޒެލެންސްކީ ވަނީ އެމެރިކާ ކޮންގްރެސްގެ ދެ ގޭގެ 200 އަށް ވުރެ ގިނަ މެމްބަރުން ތިއްބެވި ބައްދަލުވުމެއްގައި ވީޑިއޯ ކޮންފަރެންސެއްގައި ވާހަކަ ދައްކަވާފައެވެ. ތަރުޖަމާނަކު މެދުވެރިކޮށް ޒެލެންސްކީ ގާތްގަނޑަކަށް 25 ވަރަކަށް މިނެޓު ވަންދެން ވާހަކަ ދެއްކެވިއެވެ.

ޕޮލެންޑާއި ކުރީގެ ސޯވިއެޓް އެހެން ޖުމްހޫރިއްޔާތަކުންވެސް ދަނީ ރަޝިޔާގެ އުފެއްދާފައިވާ މަތިންދާބޯޓްތައް ފޮނުވައިދޭން ތައްޔާރު ވަމުންނެވެ. ބަދަލުގައި މި ގައުމުތަކަށް އެމެރިކާއިން އެފް`6ގެބޯޓްތައް ފޮނުވާނެއެވެ.

ޕޮލެންޑްގައިވެސް އޮތީ މި ވައްތަރުގެ ކިތައް ބޯޓްކަމެއް ސާފެއް ނުވެއެވެ.