އިޓަލީގެ ފައިނޭންސް ފުލުހުން ވަނީ ރަޝިއާގެ ބިލިއަނަރުންގެ ސުޕަޔޮޓްތައް ހިފަހައްޓަން ފަށާފައެވެ. ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން އެގައުމުގެ އެންމެ މުއްސަނދިންނާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖުތަމައުން ވަނީ ފިޔަވަޅު އަޅާފައެވެ.
ޔޫރަޕިއަން ޔޫނިއަން އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ އެއްގޮތަށް އިޓަލީގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ސަންރޭމޯގައި ރަޝިޔާގެ ގެނާޑީ ޓިމްޗެންކޯގެ ޔޮޓް ލީނާ އަތުލައިގެންފައިވާ ކަމަށް އިޓަލީ ބޮޑުވަޒީރު މާރިއޯ ޑްރެޑީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
ޑްރެޑީގެ މީޑިއާ އެޑްވައިޒަރަކު ހުކުރު ދުވަހު ޓްވިޓާގައި ވިދާޅުވީ، އެލެކްސީ މޮރްދާޒޯވްގެ ޔޮޓް ލޭޑީ އެމް އިމްޕެރިއާވެސް ފުލުހުން ހިފަހައްޓާފައިވާ ކަމަށެވެ. ބްލޫމްބާގް އިން އެއްކުރި މެރިޓައިމް ޑޭޓާއިން ދައްކާ ގޮތުގައި 65.5 މީޓަރު (215 ފޫޓު) ގެ މި ބޯޓް އަޅާފައި ވަނީ އިޓަލީގެ ސަރަހައްދުގައި ފަޅުރޭގައެވެ.
އީޔޫގެ ކަމާބެހޭ ފަރާތްތަކުން ހޯމަ ދުވަހު ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާ ލިސްޓުގައި ރަޝިޔާގެ ޕުޓީންއާ ގާތް ހަ ބިލިއަނަރުން ހިމަނާފައެވެ. ތެލުގެ ބޮޑު ކުންފުންޏެއް ކަމަށްވާ ރޮނެފްޓް ޕީޖޭއެސްސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި ވްލަޑިމިއަރ ޕޫޓިންގެ ގާތް އެކުވެރިއެއް ކަމަށްވާ އިގޯރ ސެޗިންއަށް ނިސްބަތްވާ ޔޮޓެއް ކަމަށްވާ އަމޯރ ވެރޯވެސް ވަނީ ފަރަންސޭސި ކަސްޓަމްސް އޮފިޝަލުން ހިފަހައްޓާފައެވެ.
ބައިނަލްއަގްވާމީ ފަރާތްތަކުން ވަނީ ރަޝިޔާގެ އެލީޓް މީހުން ކޮންޓްރޯލް ކުރާ ޕްރައިވެޓް ޖެޓްތަކާއި ސުޕަޔޮޓްތަކާއި ބޭރުގައި ހުރި އެމީހުންގެ އެކައުންޓްތަކާއި އެމީހުންގެ ރިއަލްއެސްޓޭޓްތައްވެސް ހިފަހައްޓާފައެވެ.
އިޓަލީ ބޮޑު ވަޒިރު އޮފީހުން ނެރުނު ބަޔާނެއްގައި ވާގޮތުން ސާޑީނިއާގެ ގޮލްޕޯ ޑެލް ޕެވީރޯގައި ހުންނަ އަލިޝޭރް އުސްމާނޯވްގެ މިލްކިއްޔާތުގައި ގާތްގަނޑަކަށް 17 މިލިއަން ޔޫރޯ (18.6 މިލިއަން ޑޮލަރު) ގެ އަގުހުރި ހުރި ކޮމްޕްލެކްސްއެއް، ވަނީ ހިފަހައްޓާފައެވެ.
އީޔޫއާއި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން މިހާރުވެސް ވަނީ އެމީހުންގެ މުއްސަނދިކަމުގެ ބައެއް ފޮހެވިފައެވެ. ބްލޫމްބާގް ބިލިއަނަރުންގެ އިންޑެކްސްގައި ދުނިޔޭގެ އެންމެ މުއްސަނދި 500 މީހުންގެ ތެރޭގައި ހިމެނުނު ރަޝިއާގެ 20 މީހުންގެ އެންމެން އެއްކޮށް ބަލާއިރު 100 ބިލިއަން ޑޮލަރާ ގާތްކުރާ އަދަދެއްގެ ގެއްލުމާ މިމީހުންނާ ވަނީ ކުރިމަތިލަން ޖެހިފައެވެ. މިއެންމެންގެ އަތުން ގެއްލިފައިވާ ވަރު 28 ޕަސެންޓަށް އަރާނެކަމަށް ލަފާ ކުރެވެއެވެ. ރަޝިއާގެ ހިއްސާގެ ބާޒާރު ބަންދުކޮށްފައި އޮންނަތާ ދުވަސްތަކެއް ވެފައި ވާތީ، މި ގެއްލުން އިތުރުވާނެ ކަމަށް ބެލެވެއެވެ،
ޓިމްޗެންކޯ އަކީ ހަކަތައާއި ދަތުރުފަތުރާއި އިމާރާތް ކުރުމުގެ މަސްލަހަތު އޮންނަ ރަޝިއާގެ ކުންފުންޏެއް ކަމަށްވާ ވޮލްގާ ގްރޫޕް ކޮންޓްރޯލް ކުރާ ފަރާތެކެވެ. 1990 ގެ އަހަރުތަކުން ފެށިގެން ޕުޓިން އަށް ޕޫޓިން އެނގިވަޑައިގަންނަވާނެ އެވެ.
ބްލޫމްބާގް އިންޑެކްސްއިން ދައްކާ ގޮތުގައި އުމުރުން 56 އަހަރުގެ މޮރްދަސޯވް އަކީ ސްޓީލް އިން މުއްސަނދިވެފައިވާ މީހެކެވެ، މިހާރު އޭނާ އަކީ 20.1 ބިލިއަން ޑޮލަރުގެ ނެޓް ވޯތު ހުރި ރަޝިޔާގެ ހަތަރު ވަނައަށް އެންމެ މުއްސަނދި މީހާ އެވެ.