ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފައްދާ އަލިމަސްތަކުގެ ގާތްގަނޑަކަށް %30 އަކީ ރަޝިޔާގެ މައިންތަކުން އުފައްދާ އަލިމަސްކަމަށާއި، މީގެ ތެރެއިން %90 އަކީ ރަޝިޔާ ސަރުކާރުގެ ޑައިމަންޑް މައިނިންގ ކުންފުނި އަލްރޯސާ އިން ނަގާ އަލިމަސް ކަމަށް އެމެރިކާގެ ޓްރެޜަރީއިން އެވެ.

މިދިޔަ ހަފުތާގައި އަލްރޯސާ އާއި އެ ގައުމުގެ މަހުޖަނުންގެ ތެރޭން އަލްރޯސާގެ ސީއީއޯ ސަރްގޭ އިވަނޯފް އާ ދެކޮޅަށް ބައިޑަންގެ ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވެއެވެ.

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ޑައިމަންޑް ވިޔަފާރިއަށް ވަގުތުން ވަގުތަށް އެއްވެސް މައްސަލައެއް ކުރިމަތިވެފައި ނުވާކަމަށް ވޯލްޑް ޑައިމަންޑް ކައުންސިލުން މަޢުލޫމާތު ދެއެވެ.

އަލްރޯސާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ހަމައެކަނި ދަރަންޏާއި އިކުއިޓީގެ މުއާމަލާތްތައް މަނާކުރުމަށް އަޅާފައިވާ ފިޔަވަޅުތަކެކެވެ. އޭގެ މާނައަކީ އެމެރިކާގެ ކުންފުނިތަކުން ރަޝިއާގައި މައިންކޮށްފައިވާ އަލިމަސް ގަނެ ވިއްކުމަކީ އަދިވެސް ގާނޫނީ ގޮތުން ހުއްދަ ކަމެއް ކަމެވެ.