ސިންގަޕޫރުގައި ތައިރޮއިޑަށަ ފަރުވާ ހޯއްދަމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މާލެ ވަޑައިގެންފިއެވެ.

ރައީސް ތައިރޮއިޑް ސާޖަރީކުރެއްވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު ސިންގަޕޫރުގަ އެވެ. އެމަނިކުފާނު ވަނީ އޮޕަރޭޝަން ކުރެއްވި ވަގުތު ޒިންމާތަކުން ދުރުވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލުކުރައްވާފަ އެވެ.

ނަމަވެސް އޮޕަރޭޝަނަށް ފަހު ރައީސް ވަނީ އަލުން މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފަ އެވެ.

އޮޕަރޭޝަނަށް ފަހު ރައީސް ހޮސްޕިޓަލުން ދޫކޮށްލެވީ މި މަހުގެ ފުރަތަމަ ދުވަހު އެވެ.