ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން މ. މުލީގައި އަޅާ އެއާޕޯޓުގެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ. އެކުންފުނީން ވިދާޅުވީ އެ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ގެ ދަށުން މިހާރު ކުރިއަށްދަނީ ފަޔަރ ބިލްޑިންގ ހެދުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ފަޔަރ ޕޮންޑް ގެ ބްލޮކް ކާސްޓިންގ މަސައްކަތުގެ 50 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން، 14 ހެކްޓަރުގެ ބިންހިއްކުމާއި، 1،812 މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1،200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ޤާއިމުކުރުން ހިމެެނެއެވެ. އޭގެ އިތުރުން ޓެކްސީވޭއަކާއި އޭޕްރަންއެއް ޤާއިމުކުރެވިގެންދާނެއެވެ. މިއީ ސަރުކާރުން 221.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިިންގާ ތަރައްގީގެ މަޝްރޫއެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެފައިވަނީ މިއަހަރު ހުޅުވޭ ދެ އެއާޕޯޓުގެ ތެރޭގައި މުލީ އެއާޕޯޓު ވެސް ހިމެނޭ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވެފައިވަނީ މުލީ އެއާޕޯޓާއި ފަރެސްމާތޮޑާ އެއާޕޯޓު މިއަހަރު ހުޅުވޭނޭ ކަމަށެވެ.