އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނެފައިވަނީ، މާލެއިން ޓެކްސީއަކަށް އެރި 20 އަހަރުގެ ދިވެހި އަންހެނެއްގެ ނުރުހުމުގައި ހުޅުމާލެ ފޭސް2 އަށް ގެންގޮސްފައިވާކަމަށެވެ. އަދި ގެންގޮސް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހުށަހަޅާފައިވަނީ ރޭ 12:50 ހާއިރު ކަމަށެވެ.

މި މައްސަލައާ ގުޅިގެން 41 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ހައްޔަރު ކޮށްފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އަދި މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.