ގދ. ތިނަދޫ ރީޖަނަލް ޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރެވެމުންދާ ކަމަަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން ގާޑް ހައުސް އިމާރާތުގެ ފައުންޑޭޝަން ފޫޓިންގ ގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، ޕޯރޓް އެޑްމިނިސްޓްރޭޝަން އިމާރާތާއި، ގާރޑްހައުސް، ވެއަރހައުސް، އަދި ވަރކްޝޮޕް އިމާރާތްއެޅުމާއި، ނަރުދަމާ ނެޓްވޯކެއް ޤާއިމްކުރުމުގެ އިތުރުން ފެންޑަރާއި، ލައިޓް ޕޯސްޓް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 17.86 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.