އަފްޣާނިސްތާންގެ ހީތާރު ޕްރޮވިންސްގެ އަންޖިލް ޑިސްޓްރިކްޓްގައި ގޮތް ނޭނގޭ ބަޔަކު އެއް އާއިލާއެއްގެ ފަސް މެމްބަރެއްގެ ބޮލަށް ބަޑިޖަހާ މަރައިފިއެވެ.

ޚީމާ ޕްރެސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ހީރާތު ޕްރޮވިންސްގެ ތާލިބާން މަސްއޫލުވެރިން ބުނާ ގޮތުގައި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ފިރިހެނަކާއި އަންހެނަކާއި ތިން ކުޑަކުދިން ވެސް ހިމެނެ އެވެ.

ޕްރޮވިންޝަލް ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ ބުނެފައި ވަނީ މަރާލި އަންހެން މީހާއަކީ އުމުރުން ހަތަރު އަހަރާއި ހަ އަހަރާއި އަށް އަހަރުގެ އަންހެން ކުދިންގެ މަންމަކަމަށާއި، މަރާލި ފިރިހެން މީހާއަކީ އުމުރުން ދުވަސްވެފައިވާ މީހެއް ކަމަށެވެ.

މިކަން ހިނގަން މެދުވެރިވި ސަބަބެއް ނޭނގެއެވެ. އަދި އެހެން ހާދިސާއެއްގައި ބަލަޚް ޕްރޮވިންސްގައި ޒުވާން ދެ އަންހެން ކުދިންގެ ގަޔަށް ބަޑިޖަހައި އެކުދިން މަރާފައިވާކަމަށްވެސް ޚީމާ ޕްރެސްއިން ރިޕޯޓް ކޮށްފައި ވެއެވެ.