މާލެއިން ޓެކްސީ އަކަށް އެރި އަންހެނަކަށް ގަދަކަމުން ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން ތިންދުވަސް ޖަހައިފިއެވެ.

ފުލުހުން އިއްޔެ ބުނީ 20 އަހަރުގެ އަންހެން މީހާ ހުޅުމާލެ ދެވަނަ ފިޔަވައްސަށް ގެންގޮސް ޖިންސީ ގޯނާ ކުރި މައްސަލައެއް މިމަހުގެ 7 ވަނަ ދުވަހުގެ ދަންވަރު 12:50 ހާއިރު ހުށައަޅާފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 41 އަހަރުގެ ފިރިހެނެއްކަމަށް ކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާ ކަމުގައި ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ އަންހެން މީހާ ޓެކްސީއަށް އަރާފައިވަނީ މާލޭގެ ހެންވޭރުގެ ގެއަކުން މާފަންނުގައި ހުރި ގެއަކަށް ދިއުމަަށް ކަމުގައެވެ. ނަމަވެސް އަންހެން މީހާ ޓެކްސީ އަށް އެރުމާއެކު ޓެކްސީގެ ދޮރުތައް ތަޅުލުމަށް ފަހު ޑްރައިވަރު ވަނީ އަންހެން މީހާގެ ނުރުހުމުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ގޮނޑު ދޮށަށް ގެންދިއުމަށް ގޯނާ ކުރަން މަސައްކަތް ކުރިކަމަށް މައުލޫމާތު ދިނެވެ.