އައްޑޫ ސިޓީން އިތުރު 31 މީހަކު ކޮވިޑް-19 އިން ފަސޭހަ ވެެގެން މިއަދު ދޫކޮށްލައިފިއެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) ވިދާޅުވީ މިއަދު ދޫކޮށްލި 31 މީހުންނާއެކު ބަލީން ފަސޭހަވީ މީހުންގެ ޖުމްލަ ވަނީ 7329 އަށް އަރައިފައެވެ. އައްޑޫއިން ކޮވިޑަށް ޕޮަޒިޓިވްވި މީހުންގެ ޖުމްލައަކީ 7700 އެވެ. މީގެ ތެރޭގައި މިއަދު އަލަށް ޕޮޒިޓިވްވި 42 މީހުން ވެސް ހިމެނެއެވެ.

އައްޑޫއިން މިއަދު ޕޮޒިޓިވްވީ ބިދޭސީއަކާއި އެކާޅީސް ދިވެއްސެކެވެ. އޭގެ ތެރެއިން 19 މީހަކު ޕޮޒިޓިވް ވެފައިވަނީ ހިތަދޫއިންނެވެ. މަރަދޫން ޕޮޒިޓިވްވެފައިވަނީ ހަ މީހެކެވެ. މަރަދޫފޭދޫން ޕޮޒިޓިވްވީ ދެ މީހެކެވެ. ފޭދޫއިން ޕޮޒިޓިވްވީ 4 މީހެކެވެ. މީދޫން އެގާރަ މީހެކެވެ.

މިއަދަދާއެކު އައްޑޫސިޓީގެ އެކްޓިވް ކޭސްގެ މިހާރުގެ ޖުމްލައަކީ 355 އެވެ. އޭގެތެރެއިން ހިތަދޫގައި ތިބީ 115 މީހެކެވެ. މަރަދޫގެ އަދަދަކީ 63 މީހެކެވެ. މަރަދޫފޭދޫގައިތިބީ 22 މީހެކެވެ. ފޭދޫގައި ތިބީ 57 މީހެކެވެ. ހުޅުދޫގެ އަދަދަކީ 39 އެވެ. މީދޫގެ އަދަދަކީ 59 އެވެ. ފަހަކަށް އައިސް އައްޑޫ ސިޓީން ކޮވިޑަށް ޕޮޒިޓިވްވާ މީހުންްގެ އަދަދު އަންނަނީ މަދުވަމުންނެވެ.