ރަޝިޔާއަކީ އަހަރަކަށް ދޮޅު މިލިއަން ވެހިކަލް އުފައްދާ ގައުމެކެވެ. ރަޝިޔާގެ ވެހިކަލް އުފެއްދުން ހުއްޓާލަން ޖެހުމުގެ މާނައަކީ އިންޑިއާ ފަދަ ގައުމަކަށް ވެހިކަލް އުފެއްދުމަށް ބޭނުންވެފައިވާ މުހިންމު ވަސީލަތެއް ފަސޭހައިން ލިބުމެވެ. ކޮމްޕިއުޓަރ ޗިޕްތައް އުފެއްދުމާއި ސަޕްލައި ކުރުމުގައި ތަދުމަޑުކަމެއް މުޅި ދުނިޔެއަށް ވަނީ އިހުސާސް ކުރަން ޖެހިފައެވެ.

ރަޝިޔާއަށް ޗިޕްތައް ވެއްދުން މަނާކޮށްފައި އޮތުމުން އޭގެ މަންފާ ލިބޭ ފަރާތްތަކަކީ ކޮރެއާގެ ވެހިކަލް އުފައްދާ ކިއާ، ހިޔުންޑައި މޯޓަރޒް، ސްކޯޑާ، ވޯކްސްވެގަން، ރެނޯލްޓް އަދި މާސިޑީޒް ބެންޒް ފަދަ ލަގްޒަރީ ކާރު އުފައްދާ ކުންފުނިތަކުގެ އިންޑިއާގެ ޔުނިޓްތަކަށް ވެދާނެ ކަމަށް އިންދަސްޓްރީގެ ފަރާތްތަކުން ބުނެއެވެ. މިއީ ކާރު އަދި އެސްޔޫވީގެ ޑެލިވަރީގެ އިންތިޒާރުގައި ތިބި އިންޑިއާގެ ބަޔަރުންނަށް އުފާވެރި ޚަބަރަކަށް ވާނެ އެވެ.

ކާރުތަކާއި އެސްޔޫވީތަކަށް އޮތް ވަރުގަދަ ޑިމާންޑްގެ ސަބަބުން އިންޑިއާގެ ކުންފުނިތަކަށް ގާތްގަނޑަކަށް ފަސް ބިލިއަން ޑޮލަރު (ނުވަތަ ގާތްގަނޑަކަށް ބައި މިލިއަން ވެހިކަލް) ގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ.

ޗެކް ރިޕަބްލިކްގެ ސްކޯޑާ ވެހިކަލްއަށް ބަލާއިރު ރަޝިޔާއަކީ އެ ކުންފުނީގެ ދެވަނައަށް އެންމެ ބޮޑު މާކެޓެވެ. ފުރަތަމަ މާކެޓަކީ ޖަރުމަން ވިލާތެވެ. ކޮރެއާގެ ކިއާ އަދި ހިޔުންޑައިއަށް ރަޝިޔާ އަކީ ގަދަ 5 މާރކެޓްގެ ތެރޭގައި ހިމެނޭ ގައުމެކެވެ.